ކުޑަކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދާ ކުއްޖަކީ އދ.ހަންޏާމީދޫ / ބްލޫހެވަން، ޢާއިޝަތު ޝިމްރީން ޢިމާދު (17އ) އެވެ.
ފުލުހުން ބުނީ މި ކުއްޖާ ގެއްލިގެން ޢާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި އޯގަސްޓް 27 ވަނަ ދުވަހުގެ 13:30 ހާއިރު ކަމަށެވެ.
ޢާއިޝަތު ޝިމްރީން ޢިމާދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިއުޓީ ނަންބަރ 3331510 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް