ޙައްޖާޖީންގެ ފޯނުތަކުގައި ޓްރެކިންގ އެޕް ބޭނުންކުރުމަށް ފޮރިންމިނިސްޓްރީން އިލްތިމާސްކޮށްފި

ޙައްޖާޖީންގެ ފޯނުތަކުގައި ޓްރެކިންގ އެޕް ބޭނުންކުރުމަށް ސަޢޫދީގައި ހުންނަ ދިވެހި އެމްބަސީއިން ޙައްޖަށް މީހުން ގެންދާ ގްރޫޕްތަކާއި ކުންފުނިތަކަށް އިލްތިމާސްކޮށްފިއެވެ. އެމްބަސީއިން މިގޮތަށް އިލްތިމާސްކ...

28 Jul 2019 | 06:03

ޙައްޖާޖީންގެ ފޯނުތަކުގައި ޓްރެކިންގ އެޕް ބޭނުންކުރުމަށް ސަޢޫދީގައި ހުންނަ ދިވެހި އެމްބަސީއިން ޙައްޖަށް މީހުން ގެންދާ ގްރޫޕްތަކާއި ކުންފުނިތަކަށް އިލްތިމާސްކޮށްފިއެވެ.

އެމްބަސީއިން މިގޮތަށް އިލްތިމާސްކުރީ ކޮންމެ އަހަރަކުވެސް ޙައްޖު މޫސުމުގައި ބައެއް ދިވެހިން ގެއްލިގެން ހޯދަން ޖެހޭތީ، އެކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ގެނައުމަށެވެ. ޙައްޖާޖީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ޓީމެއް ޖިއްދާ އަދި މައްކާގައި ޙަރަކާތްތެރިވަމުން ދާނެއެވެ. އަދި ދިމާވާ ކޮންސިއުލަރ އިމަރޖަންސީ ތަކުގައި އެމްބަސީއިން ދާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި އަހަރު ރާއްޖޭން 2000 މީހުން ހައްޖަށް ދާނެއެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ 2000 މީހުންނާއި ބާކީ ގްރޫޕްތަކަށް ބަހާލައިގެން ހައްޖަށް ދާ މީހުންނެވެ.

އެގޮތުން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަލް ހަރަމައިން އާއި ތަޒްކިޔާ އާއި މިނާ އާއި އެކްރޯ ޕްރައިވެޓް ލިމިޓެޑަށެވެ.

ރާއްޖޭން ހައްޖަށް ދާ އެންމެ ފުރަތަމަ ގްރޫޕް ފުރާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގައެވެ. އަންނަ މަހުގެ ފަހަކާއި ހަމައަށް ދިވެހި ހައްޖުވެރިންގެ ގްރޫޕްތައް ހައްޖަށް ދާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް