N/A
މާފަންނު ކާނިމާގޭގެ ހަތަރު ވަނަ ފަންގިފިލާގައި މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު މީހަކަށް ފަރުވާ ދޭން ޖެހިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 16:50 ހާއިރުއެވެ. ރިޕޯޓް ލިބުމާ އެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. އަލިފާން ނިއްވާލެވުނީ 17:27 ހާއިރުއެވެ.
އަލިފާން ރޯވީ އެ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އޮތް ގޮދަނޑިއެއްގައެވެ. މި ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް އައިޖީއެމްއެޗުގައި ވަނީ ފަރުވާ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް