ޒިކްރާ މިސްކިތުގެ އެއްބަސްވުން ބާތިލް ކުރުމުން ދައުވާކޮށްފި

ޒިކުރާ މިސްކިތް ހެދުމަށް ކޮއްފައިވާ އެއްބަސްވުން ބާތިލުކުރި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ މައްޗަށް ދައުވާކޮއްފިއެވެ. މި އެއްބަސްވުން ބާތިލުކުރި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ މައްޗަށް އެސ...

28 May 2019 | 09:15

ޒިކުރާ މިސްކިތް ހެދުމަށް ކޮއްފައިވާ އެއްބަސްވުން ބާތިލުކުރި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ މައްޗަށް ދައުވާކޮއްފިއެވެ.

މި އެއްބަސްވުން ބާތިލުކުރި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ މައްޗަށް އެސްޖޭ ކޮންސްޓްރަކްޝަނުން ދައުވާ ކޮއްފައިވަނީ 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށެވެ.

އެ އެއްބަސްވުން ބާތިލް ކުރި މައްސަލަ އެސްޖޭ ކޮންސްޓްރަކްޝަނުން މި މަހުގެ ކުރީކޮޅު ވަނީ ސިވިލް ކޯޓަށް ވައްދާފައެވެ. އެ ކޯޓުން ވަނީ ޑިސްޕިއުޓް މަރުހަލާ ބާއްވައި އެންމެ ފަހުން މައްސަލަ ހައްލު ނުވުމުން ޝަރީއަތުގެ މަރުހަލާ ފަށައިފަ އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި 141 މިލިއަން ރުފިޔާގެ ބަދަލަކަށް އެދެނީ، އެ އިމާރާތުން އެސްޖޭއަށް އަހަރެއްގެ ތެރޭ ސަރުކާރުން ދައްކަން ޖެހޭ 14 މިލިއަން ރުފިޔާ ހިސާބުކޮށްގެން 10 އަހަރު ތެރޭ އެ ކުންފުންޏަށް ލިބޭނެ އާމްދަނީ ލަފާކޮށްގެން ކަމަށްވެއެވެ.

"ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރީގެ މިސްކިތެއް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާއެކު ސޮއިކުރީ ޖުލައި، 9، 2018ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް