މިދިޔަ މަހު އެންމެ ގިނައިން ސަރވިސް ޗާޖް ދިނީ ރަންދެލި ރިސޯޓުން

މިދިޔަ އެޕްރީލް މަހު މުވައްޒަފުންނަށް އެންމެ ގިނައިން ސަރވިސް ޗާޖް ދީފައި ވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުންނެވެ. މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓުގައި ވާ ގޮތުން، މިދިޔަ މަހު ރަންދެލި ރިސޯޓުން ގާތ...

28 May 2019 | 07:53

މިދިޔަ އެޕްރީލް މަހު މުވައްޒަފުންނަށް އެންމެ ގިނައިން ސަރވިސް ޗާޖް ދީފައި ވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުންނެވެ.

މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓުގައި ވާ ގޮތުން، މިދިޔަ މަހު ރަންދެލި ރިސޯޓުން ގާތްގަނޑަކަށް 2400 ޑޮލަރު ނުވަތަ 37000 ރުފިޔާ ވަނީ ސަރވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ދީފައެވެ.

ދެވަނަ އަށް އެންމެ ގިނައިން ސަރވިސް ޗާޖް ދީފައި ވަނީ 1400 ޑޮލަރާއި އެކީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުންނެވެ. އެއީ ދިވެހި ރުފިޔާގެ 23000 ރުފިޔާއެވެ.

ރަންދެލި ރިސޯޓަކީ މިދިޔަ އަހަރު ވެސް އެންމެ ގިނައިން މުވައްޒަފުންނަށް ސަރވިސް ޗާޖް ބެހި ރިސޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް