އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވަން ހަމަޖައްސައިފިއެވެ.
މި ސަމިޓު އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، މި ސަމިޓުގައި އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އެ ސަމިޓުގައި ރައީސް ސޯލިހު ތަގުރީރު ކުރައްވާނެކަމަށް ރައީސްގެ ތަރުޖަމާނު ހޫދު ވިދާޅުވިއެވެ. އަދި އެ ސަމިޓަށް ފަހު ރައީސް ސޯލިހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައިވަނީ ޖޫން ތިނެއްގައެވެ.
މިއަހަރުގެ ސަމިޓުގައި ވެސް އިސްލާމީ އުއްމަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅިގެން އިސްލާމީ ގައުމުތަކުގެ ވެރިންގެ މެދުގައި މަޝްވަރާ ކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް