އުރީދޫގެ އާ މެނޭޖިންގް ޑިރެކްޓަރަކަށް ނަޖީބު އައްޔަން ކޮއްފި

އުރީދޫ މޯލްޑިވްސްގެ އާ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް، އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރަކަށް ހުންނެވި ނަޖީބް ޚާން އައްޔަނު ކޮށްފިއެވެ. މި މަގާމަށް ނަޖީބު އައްޔަންކޮށްފައިވަނީ، އުރީދޫގެ ޗެއާމަނ...

28 Apr 2019 | 12:57

އުރީދޫ މޯލްޑިވްސްގެ އާ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް، އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރަކަށް ހުންނެވި ނަޖީބް ޚާން އައްޔަނު ކޮށްފިއެވެ.

މި މަގާމަށް ނަޖީބު އައްޔަންކޮށްފައިވަނީ، އުރީދޫގެ ޗެއާމަން އަދި އެމްޑީގެ މަގާމުގައި ހުންނެވި ހާލިދް އިބްރާހީމް އަލް-މަހްމޫދު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ހާލިދުގެ ލީޑާޝިޕްގެ ދަށުން އުރީދޫއިން ޑިޖިޓަލައިޒޭޝަންގެ ރޮނގުން ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކޮށް ދިވެހި މުޖުތަމައުގެ ދިރިއުޅުން ފާގަތިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ވާކަމަށް އެކުންފުނިން ފާހަގަކޮށް މިއަދު އުރީދޫ އިން ނެރުނު ނޫސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން އަލަށް އެކުންފުނި ހިންގުމާ ހަވާލުވެވަޑައިގެން ނަޖީބަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ނަޖީބްގެ ލީޑާޝިޕްގެ ދަށުން ޑިޖިޓަލައިޒޭޝަންގެ ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށާއި، ދިވެހި މުޖުތަމައުގެ ލާބަޔާ މަންފާއަށް މަސައްކަތްކޮށް ދެއްވާނެކަން ޔަގީންކުރާ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް