ލ. ގަމު ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.
އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ 12:55 ހާއިރުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާގައި އެ ގެ ވަނީ މީހުންނަށް ދިރިނޫޅެވޭ ވަރަށް އަނދާފައިކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޭގެ ވެރިފަރާތައް ފުލުހުން އެހީތެރިކަން ފޯރުކޮއްދެމުން ދާއިރު، ކައުންސިލް ގެ ފަރާތުންވެސް ވަނީ އެހީ ލިބިފައެވެ.
އެގޮތުން، މި އާއިލާއަށް ކައުންސިލްގެ ފަރާތުން ގެއެއް ވަނީ ހަމަޖައްސައިދީފައެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ގެއިން ކިރިޔާވެސް ބޭނުން ކުރެވޭ ފަދަ ތަކެތި، ހަމަ ޖައްސާދީފައިވާ ގެއަށް ބަދަލު ކުރުމަށް ފުލުހުން ދަނީ އެހީތެރިކަން ފޯރުކޮއްދެމުންނެވެ.
ފުލުހުންނާއި އެމްއެންޑީއެފުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، މިހާރު އަލިފާންގަނޑު ނިއްވާލައިފައިވާއިރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މި ހާދިސާގައި އެއްވެސް މިހަކަށް ގެއްލުންވެފައެއް ނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް