ވިހެއުމުން ލިބޭ ޗުއްޓީ ފުލުހުންނަށްވެސް ލިބޭގޮތަށް ނިންމައިފި

ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތު ތަކާ އެއްގޮތަށް، ވިހެއުމުން ކަނބަލުންނަށް ހަ މަހުގެ ޗުއްޓީއެއް ދިނުމަށް ފުލުހުންވެސް ނިންމައިފިއެވެ. މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ ފުލުހުންގެ "ޗުއްޓީ ނެގުމާ...

28 Mar 2019 | 14:23

ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތު ތަކާ އެއްގޮތަށް، ވިހެއުމުން ކަނބަލުންނަށް ހަ މަހުގެ ޗުއްޓީއެއް ދިނުމަށް ފުލުހުންވެސް ނިންމައިފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ ފުލުހުންގެ "ޗުއްޓީ ނެގުމާއި ސަލާމް ބުނާއި ބެހޭ ގަވާއިދު" އިސްލާހުކޮށް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި މުސާރައާއެކު 180 ދުވަހުގެ ޗުއްޓީއެއް އަދި ބައްޕައަކަށް ވުމުން ދެވޭ ޗުއްޓީގެ ގޮތުގައި މުސާރައާއެކު 30 ދުވަހުގެ ޗުއްޓީއެއް ދިނުމަށް 2019 މާރިޗް 27 ވަނަ ދުވަހު ބޭއްވި ފުލުހުންގެ މެނޭޖްމަންޓް ބޯޑު ބައްދަލުވުމުގައި  ވަނީ ފާސްކޮށްފައި ކަމަށެވެ."މި ގަވާއިދަށް ގެނެވުނު އިސްލާހު މިނިސްޓަރު އޮފް ހޯމް އެފެއާޒަށް ދެންނެވުމުން އެ އިސްލާހާއި އެއްގޮތަށް މޯލްޑިވްސް ޕޮލިސް ސާވިސް ގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ވަނީ ނިންމާފައެވެ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސާވިސްގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ކަނޑައަޅާ އެކަން މިއަދު މުވައްޒަފުނަށް ވާނީ އިއުލާނު ކޮށްފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް