ދިޕިކާއާއި އެކީ ފިލްމެއް ކުޅެން ވަރަށް ބޭނުން: ސަލްމާން

ބޮލީވުޑުގައި މިހާރު އެންމެ އަލިގަދަކޮށް ފިޔަޖަހަމުން އަންނަ މަޝްހޫރު ތަރި ދިޕިކާ ޕަދުކޯން އާއި އެކީ ފިލްމެއް ކުޅެލަން ވަރަށް ބޭނުން ކަމަށް ސަލްމާން ޚާން ބުނެފިއެވެ. އިންޑިއާގެ ނޫސްވެރިއަކު ކުރި ސުވާލަ...

28 Mar 2019 | 13:31

ބޮލީވުޑުގައި މިހާރު އެންމެ އަލިގަދަކޮށް ފިޔަޖަހަމުން އަންނަ މަޝްހޫރު ތަރި ދިޕިކާ ޕަދުކޯން އާއި އެކީ ފިލްމެއް ކުޅެލަން ވަރަށް ބޭނުން ކަމަށް ސަލްމާން ޚާން ބުނެފިއެވެ.

އިންޑިއާގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ސަލްމާން ބުނީ، އެއްވެސް ޑައިރެކްޓަރަކު އޭނާ އާއި ދިޕިކާ ކާސްޓް ކުރަން ނޫޅޭތީ ވަރަށް ދެރަވާ ކަމަށެވެ. އަދި އަބަދުވެސް ދިޕިކާ އާއި އެކީ ފިލްމެއް ކުޅެލަން ލިބޭނީ ކޮންއިރަކުންބާއޭ ހިތަށް އަރާކަމަށްވެސް ސަލްމާން ބުންޏެވެ.

ސަލްމާން ބުނީ، ދިޕިކާއަކީ މިހާރު ސުޕަރ ސްޓާރެއް ކަމަށާއި، އޭނާ ހުރި ލެވެލްއިން މިހާރު ސަލްމާން އާއި އެކީ ފިލްމެއް ކުޅެލަން ލިބުމަކީ ދެމީހުންނަށްވެސް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައެވެ. މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ސަލްމާން އިތުރަށް ބުނީ، އޭނާ ވަނީ ކެޓްރީނާ، ސޮނާކްޝީ އަދި ޖެކްލީން ފަދަ މޮޅެތި އެކްޓަރުންނާއި އެކީ މަސައްކަތް ކޮށްފައި ކަމަށެވެ. ދެން އެންމެ ބޭނުންވަނީ ދިޕިކާ އާއި އެކީ ފިލްމެއް ކުޅުމުގެ ފުރުސަތު ލިބުމަށެވެ.

ދިޕިކާ އާއި ސަލްމާންގެ ޖޯޑު މިހާތަނަށް ފެނިފައިވަނީ ބައެއް ޝޯ ތަކުގެ ސްޓޭޖްމަތިން އެކަންޏެވެ. ދެ ތަރިންގެ ފޭނުންވެސް މިހާރު އެންމެ ބޭނުންވަނީ މި ޖޯޑު ފިލްމަކުން ފެނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް