ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޝަރީއަތް ނިމެންދެނަ ޖަލު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓަށް ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލު ކޮއްފިއެވެ.
މި އަޑުއެހުން އޮންނާނީ މިއަދު 14:30 ގައި ކްރިމިނަލް ކޯޓުގައެވެ.
މަނީލޯންޑްރިންގް ދައުވާގެ ހެއްކަށް ނުފޫޒު ފޯރުވަން އުޅުކަމުގެ ތުހުމަތު ކުރެވިފައިވާއިރު، އެ ދައުވާ އުފުލާފައިވަނީ އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނު ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ.
އަދި މި މައްސަލާގައި ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރި ކަމުގައި ވީނަމަވެސް، މިހާރު ވަނީ ގޭ ބަންދަށް ދޫ ކޮއްލާފައެވެ. އަދި އެއީ ބަލި ހާލަތު ހުރި ގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް