ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހާޒިރުވުމަށް އަމީތުއަށް އަންގައިފި

ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހާޒިރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތަށް އަންގައިފި އެވެ. އަމީތު ސުލޫކީ ކޮމިޓީއަށް ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސ...

28 Mar 2017 | 06:16

ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހާޒިރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތަށް އަންގައިފި އެވެ.

އަމީތު ސުލޫކީ ކޮމިޓީއަށް ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މަގާމުގެ ދިފާއުގައި ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުން ތްރީ ލައިން ވިޕެއް ނެރެފައިވަނިކޮށް އިއްޔެ ވޯޓު ލެއްވިއިރު އެ ވިޕާއި ޚިލާފަށް (މަސީހާއި ދެކޮޅަށް) ވޯޓުލުމަށް ނިންމެވުމުންނެވެ.

އެ ކޮމިޓީން ވަނީ އަމީތުގެ ފަރާތުން ދެ މެންބަރަކު މި މައްސަލައިގަ ޖަވާބުދާރީވުމަށް އައްޔަން ކުރުމުގެ ފުރުސަތުދީ އެ ބޭފުޅުންގެ ނަންތައް މިއަދު މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް އަންގާފައި އެވެ. އަދި މިއަދު މެންދުރު ފަހު 12:30 ށް މައްސަލައިގަ ޖަވާބުދާރީވުމަށް އަމީތު ޕީޕިއެމް އޮފީހަށް ހާޒިރުވުމަށް އަންގާފައި އެވެ.

އަދި ހާޒިރު ނުވެއްޖެ ނަމަ އަމީތުގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެ ކަމަށް ބުނެފައިވެ އެވެ.  އަމީތުގެ މި މައްސަލް ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުންނެވެ.

މިފަހަކުން އަމީތު ގެންދަވަނީ ސަރުކާރުގެ ނިންމުންތަކަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ބިން މިލްކުކޮށްދިނުމާއި ދެކޮޅު ކަމަށާއި އެ ބިލަށް މެންބަރުން ލައްވާ ސަރުކާރުން ވޯޓުލެއްވީ އޮޅުވާލައިގެން ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް