ޓައިގާ ޝްރޮފް އެންމެ ދެކެން ބޭނުންވާ ދުވަސް އެނގޭތަ؟

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާ ޝްރޮފް މަޝްހޫރުވެފައިވަނީ ޑާންސް ކުރުމާއި އޭނާގެ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ސަމާލުކަން ދޭ ތަރިއެއްގެ ގޮތުގައި އެވެ. އެންމެ ފުރަތަމަ ...

28 Mar 2017 | 04:39

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާ ޝްރޮފް މަޝްހޫރުވެފައިވަނީ ޑާންސް ކުރުމާއި އޭނާގެ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ސަމާލުކަން ދޭ ތަރިއެއްގެ ގޮތުގައި އެވެ.

އެންމެ ފުރަތަމަ ޓައިގާ ބޮލީވުޑަށް ތައާރަފްވި ފިލްމު "ހީރޯޕަންތީ" ގައި އޭނާ ކުޅެފައިވަނީ ހަށިގަނޑުގެ ރީތިކަން ފެނިގެންދާ މޮޅު ޑާންސްތަކެއް ކުރާ މީހެއްގެ ގޮތުގައި އެވެ. އޭނާ އިސްކަން ދެނީވެސް އެކްޝަން ފިލްމުތަކަށް ކަމަށްވެސް ބުނެފައިވެ އެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓައިގާ ބުނީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޑާންސް އާއި މާޝަލް އާޓްސް ދަސްކޮށްދޭ އެކަޑަމީއެއް ހުޅުވާ ދުވަސް ކަމަށެވެ. އޭނާ ބުނީ މިހާރުވެސް  ވަރަށް ގިނަ ބެލެނިވެރިން އޭނާ އާއި ބައްދަލުކޮށް އެމީހުންގެ ދަރިންނަށް މާޝަލް އާޓްސް އާއި ޑާންސް ދަސްކޮށްދިނުމަށް އެދެމުންދާ ކަމަށެވެ.

އޭނާ ބުނީ އެކަޑަމީގައި ކިޔަވައިދިނުމަށް ގެންނާނީ ދުނިޔޭގެ ފެންވަރުގައި އެ ދާއިރާތަކުން ފާހަގަ ކުރެވޭ ޓީޗަރުން ކަމަށެވެ. އޭނާ ބުނީ އަމިއްލައަށް އެއްވެސް ޕްރޮފެޝަަލް ތަމްރީންތަކެއް ހަދާފައި ނެތުމުން އެފަދަ ފުރުސަތެއް ބޭނުންވެފައި ތިބި ކުދިންނަށް ފޯރުކޮށްދިނުމަކީ ބޭނުންވާ ކަމެއް ކަމަށެވެ.

މިހާޜުވެސް ބައެއް ބެލެނިވެރިން އެމީހުންގެ ދަރިން ކުރާ ޑާންސްތަކާއި މާޝަލް އާޓްސް ވީޑިއޯކޮށް ޓައިގާއަށް ފޮނުވާ ކަމަށް ބުނި އެވެ.

ޓައިގާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަބީރް ހާންގެ "މުންނާ މިކައިލް" އިންނެވެ. އެ ފިލްމަކީވެސް ޓައިގާގެ މޮޅު ޑާންސްތަކެއް ފެނިގެންދާނެ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް