ސަފާރީއަކުން ފަތުރުވެރިއަކު މަރުވެއްޖެ

ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު ސަފާރީއަކުން ގއ. ކުރެއްދޫ ކަނޑުއޮޅިއަށް ޑައިވިނަށް ގޮސް އުޅުނު ޗައ...

28 Feb 2019 | 08:38

ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު ސަފާރީއަކުން ގއ. ކުރެއްދޫ ކަނޑުއޮޅިއަށް ޑައިވިނަށް ގޮސް އުޅުނު ޗައިނާގެ 50 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ހާލު ދެރަވެގެން 12:05 ހާއިރު ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

މިއީ މި މަހުގެ ތެރޭގައި މިފަދަ ގޮތަކަށް މަރުވި ތިންވަނަ ފަތުރުވެރިޔާއެވެ. ދެ ރިސޯޓެއްގައި ދެ ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވެއެވެ. މި ފަހަކަށް އައިސް މިފަދަ މަރުތައް ގިނަވެފައިވާއިރު މިދިޔަ މަހުގެ ތެރޭގައިވެސް ހަ ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް