12 މީހުންނާއެކު މަހަށްފުރި ދޯނި ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: އެމްއެންޑީއެފް

މަހަށް ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަން ފެށި ދޯނީގެ ހަބަރެއް އަދިވެސް ނުވާކަމަށާއި ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ. އިއްޔެ އެމްއެންޑީއެފުން...

28 Jan 2019 | 06:28

މަހަށް ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަން ފެށި ދޯނީގެ ހަބަރެއް އަދިވެސް ނުވާކަމަށާއި ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އިއްޔެ އެމްއެންޑީއެފުން ބުނެފައިވަނީ "ޖަންބޯ" ނަމަކަށް ކިޔާ 75 ފޫޓްގެ މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ ހެނދުނު 10:22 ގައި ކަމަށެވެ.

"މަޢުލޫމާތު ލިބިފައިވާ ގޮތުގައި 12 މީހުންނާއެކު މަހަށް ފުރި މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ ލ.އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުތްފަހުން، މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 1900 ހާއިރު ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ." އެމްއެންޑީއެރފުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މި ދޯންޏަކީ ބޭރުގައި އަޅި ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ދޯންޏާއި ބެހޭ މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ވަރަށް ބޮޑުއެދުމެކެވެ. އަދި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުއްވުން ކޯސްޓްގާޑުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް