މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ

ކ. އަތޮޅުގައި އޮންނަ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަރުވެފައި އޮތް ޗައިނާގެ ފަތުރުވެރިއަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ، އުމުރުން 36 އަހަރުގެ އެމީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ރޭ 1:03 ގައި ކަމ...

28 Jan 2019 | 06:03

ކ. އަތޮޅުގައި އޮންނަ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަރުވެފައި އޮތް ޗައިނާގެ ފަތުރުވެރިއަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ، އުމުރުން 36 އަހަރުގެ އެމީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ރޭ 1:03 ގައި ކަމަށެވެ. ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައި އެމީހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅުނު ކޮޓަރީގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

އެމީހާ މިހާރު އޭޑީކޭއަށް ގެންގޮސްފައިވާއިރު ފުލުހުން ބުނީ ހޮސްޕިޓަލަށް ގެނައިއިރު ވެސް އެމީހާ އޮތީ މަރުވެފައި ކަމަށެވެ.

މިއީ މިމަހުގެ ތެރޭގައި އެ ރިސޯޓުގައި މަރުވި ތިން ވަނަ ފަތުރުވެރިޔާއެވެ. އެގޮތުން މިމަހުގެ 16 ވަނަ ދުވަހު ސްނޯކްލިންއަށް ގޮސް އުޅުނު 66 އަހަރުގެ ކޮރެއާ އަންހެނަކު މަރުވިއިރު މިމަހުގެ 19 ގައި ވަނީ އެރިސޯޓުގެ މޫދުގައި ވެސް ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިފައެވެ.

މޫދަށް އެރިއުޅެނިކޮށް ދިމާވާ ހާދިސާތަކުގައި ފަތުރުވެރިން މަރުވާ މައްސަލަތައް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ޓޫރިސްޓު ޕްރޮޕަޓީތައް އިންސްޕެކްޓު ކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް