ގެއްލިގެން ހޯދަމުން އަންނަ މާއިލް ހޯދަން ފުލުހުން އިއުލާނު ކޮށްފި

އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ދ. ކުޑަހުވަދޫ، ހިރިނާދޫ، ޢަބްދުﷲ މާޢީލް (24އ) ހޯދުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ  ޢަބްދުﷲ މާޢީލް ވީ ވަކި ތަނެއް ނޭނގި ގެއ...

28 Jan 2015 | 07:33

އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ދ. ކުޑަހުވަދޫ، ހިރިނާދޫ، ޢަބްދުﷲ މާޢީލް (24އ) ހޯދުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ  ޢަބްދުﷲ މާޢީލް ވީ ވަކި ތަނެއް ނޭނގި ގެއްލިފައިވަނީ 2015 ޖެނުއަރީ 27 ވަނަ ދުވަހުގެ ހަވީރު  17:30 ހާއިރުއެވެ. އޭނާ ގެއްލިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެ ދުވަހުގެ 18:30 ހާއިރު ކަމަށެވެ.

ޢަބްދުﷲ މާޢީލް އެންމެ ފަހުން ފެނިފައިވަނީ އޭނާ މަސައްކަތްކުރާ  ރަށް ކަމަށްވާ ށ. ފިރުނބައިދޫ އިން ފުރުމަށްޓަކައި ދަބަސް ހިފައިގެން އެ ރަށު އަތިރިމައްޗަށް ނުކުމެ ހުއްޓައި އިއްޔެ 17:30 ހާއިރު އެވެ. އެއިރު އޭނާ ހުރީ ހުދުކުލައިގެ ގަމީހަކާއި މަޑު މުށި ކުލައިގެ ޖީންސެއް ލައިގެން ކަމަށާއި އަދި ޢަބްދުﷲ މާޢީލް އަކީ ލޮލުގެ ކުލަ ކަޅު، އިސްތަށިގަނޑު ކުރު، މެދުމިނެއްގެ އިސްކޮޅެއް ހުންނަ، ހަށިގަނޑު ހިކިކޮށް ހުންނަ ޒުވާނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ޢަބްދުﷲ މާޢީލްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792237 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް