އަބްދުﷲ މާޢީލް
އަބްދުﷲ މާޢީލް

ގެއްލިގެން ހޯދަމުން އަންނަ މާއިލް ހޯދަން ފުލުހުން އިއުލާނު ކޮށްފި

އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ދ. ކުޑަހުވަދޫ، ހިރިނާދޫ، ޢަބްދުﷲ މާޢީލް (24އ) ހޯދުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ  ޢަބްދުﷲ މާޢީލް ވީ ވަކި ތަނެއް ނޭނގި ގެއްލިފައިވަނީ 2015 ޖެނުއަރީ 27 ވަނަ ދުވަހުގެ ހަވީރު  17:30 ހާއިރުއެވެ. އޭނާ ގެއްލިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހަމަ އެ ދުވަހުގެ 18:30 ހާއިރު ކަމަށެވެ.

ޢަބްދުﷲ މާޢީލް އެންމެ ފަހުން ފެނިފައިވަނީ އޭނާ މަސައްކަތްކުރާ  ރަށް ކަމަށްވާ ށ. ފިރުނބައިދޫ އިން ފުރުމަށްޓަކައި ދަބަސް ހިފައިގެން އެ ރަށު އަތިރިމައްޗަށް ނުކުމެ ހުއްޓައި އިއްޔެ 17:30 ހާއިރު އެވެ. އެއިރު އޭނާ ހުރީ ހުދުކުލައިގެ ގަމީހަކާއި މަޑު މުށި ކުލައިގެ ޖީންސެއް ލައިގެން ކަމަށާއި އަދި ޢަބްދުﷲ މާޢީލް އަކީ ލޮލުގެ ކުލަ ކަޅު، އިސްތަށިގަނޑު ކުރު، މެދުމިނެއްގެ އިސްކޮޅެއް ހުންނަ، ހަށިގަނޑު ހިކިކޮށް ހުންނަ ޒުވާނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

10942759_690051134445651_2157784137133822984_n
ފުލުހުން ކުރި އިއުލާނު

ފުލުހުން އިތުރަށް ބުނީ ޢަބްދުﷲ މާޢީލްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792237 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވ

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *