އިދިކޮޅު ސިޔާސީ ފިކުރަށް މިއަދު ވަނީ ކޮޅު ބެދިފައި މަގަކަށް ވަދެވިފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ "ރައީސް ޔާމީން މިނިވަންވާނެ ކަމަށް ނުދެކޭ ކަމަށާ މިއަދު އިދިކޮޅަށް ދާނެ މަގެއް ނެތް" ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅަކާއި ގުޅޭގޮތުންނެވެ.
އެ ވާހަކަތަކާ ގުޅިގެން އުމަރު މިއަދު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ވިދާޅުވީ މިއަދު އިދިކޮޅު ފަރާތްތަކަށް ކުރިއަށް ދެވެން ނެތް އިރު ފަހަތަށްވެސް ނިކުމެވެން ނެތް ކަމަށެވެ.
އެކަމަށް އެމްޑީޕީން އުފާ ކުރާނެ ކަމަށާއި އެ ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެގެން ކަމަށް ވެސް އުމަރު ލިޔުއްވާފައިވެ އެވެ.
އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ ހުކުމް ކުރީ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ މައްޗަށް ކުރީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް