ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ވޯޓްލުން އަންނަ ޖަނަވަރީ 31 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެމްޑީޕީގެ ޕްރައިމަރީ އިއުލާން ކުރުން މިމަހުގެ 30 ވަނަ ހޯމަ ދުވަހު އޮންނާނެއެވެ.
ވޯޓުލެވޭ މީހުންގެ ލިސްޓް އާންމު ކުރުމާއި ޝަކުވާ ހުށައެޅުމަށް ތިން ދުވަހަށް ހުޅުވާލުމަށް ހަމަޖައްސާފައިވަނީ އަންނަ ޖެނުއަރީ މަހު ހަތްވަނަ ދުވަހުގައެވެ.
ކެންޑިޑޭޓުންގެ ލިސްޓު އާއްމުކުރުން އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާއިރު، ފައިނަލް ވޯޓާސް ލިސްޓު ޖެނުއަރީ 15ވަނަ ދުވަހު އާންމު ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް