ރިސޯޓަކުން، ނައިޓް ފިޝިންއަށް ނިކުތް ދޯންޏެއް ގިރިއަކަށް އުރިގެން އެ ދޯންޏަށް ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކ. ބޮލިފުށީ އައިލެންޑް ރިސޯޓްގެ އިރުމަތީ ފަރާތު ގިރިޔަކަށް "އަޒުމް – 2" ނަމަކަށް ކިޔާ ދޯންޏެއް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.
"މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް އެމްއާރުސީސީއަށް ލިބިފައިވަނީ މިރޭ 09:40 ހާއިރު، މި ހާދިސާ ހިނގާފައިވަނީ ބޮލިފުށި ސްޓާފުން ގޮވައިގެން ނައިޓް ފިޝިންއަށް ގޮއްސަ އުޅެނިކޮށް، ދޯނީގައި ތިބި މީހުން މިހާރު ވަނީ ބޮލިފުއްޓަށް ޓްރާންސްފަރ ކުރެވިފަ" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެ ދޯނީގައި އޭރު ހަ މީހަކު ތިބި ކަމަށާއި އެ ދޯނިން ޕަމްޕެއްގެ އެހީތެރިކަމަށް އެދުމުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާއެކު މިހާރުދަނީ އެ ސަރަހައްދަން ދަތުކުރަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް