ރައީސް ޔާމީނު ޕާޓީގެ ކުލަޔަށް އިލެކްޝަންސުން ނޫނެކޭ ބުނެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފެއްދެވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރަސްމީ ކުލަ ކަމަށް ބުނާ ކުލައަށް އިލެކްޝަންސް ކޮ...

27 Dec 2018 | 12:57

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފެއްދެވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރަސްމީ ކުލަ ކަމަށް ބުނާ ކުލައަށް އިލެކްޝަންސް ކޮމިޝަނުން ނޫނެކޭ ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ބޭނުންކުރާ ކުލައެއް ނުވަތަ އެ ކުލައިގެ ޝޭޑެއް އެއްވެސް ސިޔާސީ ޕާޓީއެއްގެ ކުލައިގެ ގޮތުގައި ރަޖިސްޓްރީ ނުކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައި ކަމަށެވެ.

https://twitter.com/ShareefRangondi/status/1078257201293283329

އީސީ ރައީސް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރައްވާ ޕާޓީގެ ރަސްމީ ކުލަ އަކީ ޓާކޮއިސް (މަޑު ނުލާއި ފެހީގެ ޝޭޑެއް) ކުލައެވެ. އެކަން އަހްމަދު ނިހާންގެ ޓްވީޓަކުންވެސް ބުނެފައިވެއެވެ.

https://twitter.com/ahmed_nihan/status/1078225172048470016

މި ކުލަ އަށް އިލެކްޝަންސުން ނޫނެކޭ ބުނެފައިވާއިރު އެޕާޓީ ރަޖިސްޓްރީ ކުރަން ހުއްދައަށް އެދުމުން އެންމެ ފުރަތަމަ ހުއްދަ ދީފައެއް ނުވެއެވެ. އެ ހުއްދަ އޭރު ދީފައިނުވަނީ ހުއްދައަށް އެދުނު ފަރާތްކަމުގައިވާ، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަކީ ޕީޕީއެމް ޕާޓީއަށް ނިސްބަތްވާ މީހަކަށް ވުމެވެ. ފަހުން އެ ހުއްދަ ދީފައިވަނީ ޕީޕީއެމް އިން ވަކިވެ އައު ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އެދުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް