މަރު ކޮމިޝަނަށް ގިނަ މައްސަލަތަކެއް، ތަފްސީލް ހާމަކުރަނީ

މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުްމހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ކަމަށް އައްޔ...

27 Dec 2018 | 07:04

މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުްމހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނައބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވަނީ މިއަދު އެވެ. ތަހުގީގީ އިދާރާތަކުން، އިންސާފާ ހަމައަށް ވާސިލް ނުވެ ހުރި މައްސަލަތައް ކޮމިޝަނަށް ހުށަހަޅަން އާއްމުންނަށް ހުޅުވާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަހުގީގުކުރަން އެދި ގިނަ އަދަދެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުގެ ތަފްސީލު އަންނަ އާދީއްތަ ދުވަހު ހާމަ ކުރާނެ ކަމަށް ވިދާޅުވި އެވެ.

https://twitter.com/hsuood/status/1078131847186472960

އެ ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން ވެސް އަންނަނީ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އޭގެތެރޭގައި، ރައްޔިތުން އެންމެ ކަންބޮޑުވާ މައްސަލަތަކުގެ ތެރޭގައި، ހިމެނޭ ޑރ. އަފްރާޝީމް އަލީ އަވަހާރާކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގެ އިތުރުން، ލިޔުންތެރިޔާ ޔާމީން ރަޝީދު މަރާލި މައްސަލަ ހިމެނެ އެވެ.

އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގު ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް