ޗައިނާގެ ކުއިޗޯ ޕްރޮވިންސްގައި އިއްޔެ ތަފާތު އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ޓްރެފިކް ލައިޓެއްގެ މަތީގައި އިން ރާމާ މަކުނެއްގެ ފޫކޮޅު ފެނި އެއީ ދިލިފައިވާ "ރަތް ލައިޓް" ކަމަށް ހީކޮށް އަންހެނަކު ކާރު މަޑުކޮށްލި ވަގުތު ފަހަތުން އައި ކާރު، މަޑުކުރި ކާރުގައި ޖެހިގެންނެވެ.
އެ ރާމާ މަކުނަކީ "ގޯލްޑަން މަންކީ" ބާވަތުގެ މަކުނެއް ކަމުގައިވާއިރު އެ ބާވަތުގެ މަކުނު ތަކުގެ ފޫކޮޅު އާންމުގޮތެއްގައި ހުންނަނީ ރަތް ކޮށެވެ.
އެ ރާމާ މަކުނަކީ ޗަރުކޭހަކުން ފިލައިގެން އުޅޭ ރާމާ މަކުނެއް ކަމަށްވާއިރު އެކްސިޑެންޓްގައި ކާރަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ޗަރުކޭހުގެ ވެރިޔާ ވަނީ އެއްބަސް ވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް