އައްޑޫސިޓީ ހިތަދޫ ލިންކު ރޯޑުގައި އިއްޔެ ހިނގި ކުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާ ދެމުން ދަނިކޮށް ނިޔާވި ގދ. ވާދޫ، ނެސްޓް، އަރުޝަމް އިބްރާހިމްގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށް ފަހު ހިތަދޫ ހުކުރު މިސްކިތުގައި އޮންނާނެ ކަމަށް އާއިލާ އިން ބުނެފި އެވެ.
އިއްޔެ ހެނދުނު 09:50 ހާއިރު ޕިކަޕް ޓްރަކެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބޮލަށް އަނިޔާ ލިބުނު އަރުޝަމް ނިޔާވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް، އިއްޔެ މެންދުރުގެ ވަގުތެއް ގައެވެ.
އަރުޝަމް، 12، ގެ ކަށު ނަމާދުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އާއިލާއިން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް