ބޮލީވުޑްގެ ޒުވާން ތަރި ޚުޝީ ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުޝީ ހުރީ ކާފު އަތޮޅުގައި އޮތް ޖޭޑަބްލިޔު މެރިއޮޓް ރިސޯޓުގައެވެ. ޗުއްޓީގެ މަންޒަރުތައް އިންސްޓަގްރާމުގައި ހިއްސާކުރަމުން އަންނައިރު އެއިން ފޮޓޯއެއްގެ ކެޕްޝަނުގައި ޚުޝީ ބުނެފައިވަނީ "މިއަށްވުރެ ހުންނަން ބޭނުންވާ އެހެން ތަނެއް ނެތް" ކަމަށެވެ.
ހުޝީއަކީ ފިލްމު އުފައްދާ ބޮނީ ކަޕޫރާއި ސްރީދޭވީގެ ދަރިއެކެވެ. ޚުޝީ ފިލްމީ ދާއިރާއަށް ނިކުތީ 2023 ވަނަ އަހަރު ދަ އާޗީޒް (The Archies) އިންނެވެ. 2025 ވަނަ އަހަރު ލަވްޔަޕާ (Loveyapa) ގައި ވެސް ހުޝީ ފެނިގެން ދިޔައެވެ.
މިއީ ހުޝީ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރެއް ނޫނެވެ. ދެ އަހަރު ކުރިން ވެސް ހުޝީ އާއި ބޮޑު ދައިތަ ޖާންވީ ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް