އެކްސިޑެންޓުވި މާލޭ ޓެކްސީ --
ސަރުކާރު ގެ ޓެކްސީ ހިދުމަތް މާލޭ ޓެކްސީގެ ކާރެއް އެކްސިޑެންޓުވެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިެއްޖެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ރޭ ފަތިހު 4:33 ހާއިރު ހުޅުމާލޭ ބަގީޗާ ހިނގުމުގައި ކަަމަށެވެ. ފުލުހުންނަށް ރިޕޯޓުކުރީ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓުވި ކަމަށް ބުނެ އެވެ.
އެ ހޮޅިދަނޑިއަކީ ސެންޓްރަލް ޕާކުގެ ވަށައިގެން އޮންނަ ބަގީޗާ ހިނގުމުގެ ޕޭވްމަންޓް މަތީގައި ހުރި ހޮޅިދަނޑިއެކެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އުމުރުން 28 އަހަރުގެ ޑްރައިވަރަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ ކާރު ދުއްވި ޑްރައިވަރުގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް