މަތީގައިވާ ވީޑިއޯއިން އެ ފެންނަނީ މެލޭޝިޔާގައި އުމުރުން އެންމެ 13 އަހަރުގެ ކުއްޖަކަށް ދީފައިވާ އަނިޔާތަކާއި ބެހޭގޮތުން މެލޭޝިޔާގެ ކަޖަންގ ޓައުންގެ ފުލުހުން މީޑިއާއަށް މައުލޫމާތު ހިއްސާ ކުރާ މަންޒަރެވެ.
މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި އުމުރުން އެންމެ 13 އަހަރުގެ މި އަންހެންކުއްޖާ ނިސްބަތްވަނީ އިތުރު އަށް ކުދިން ހިމެނޭ އާއިލާއަކަށެވެ. އެ އާއިލާއިން މި ކުއްޖާ ދެމަފިރިއަކަށް "ވިއްކާލި" އެވެ. އެދެމަފިރިން މި ކުއްޖާ ގެންގުޅުނީ ހަށިވިއްކުމުގެ ވިޔަފާރިއާއި މަސާޖު ހިދުމަތް ދިނުމުގެ ވިޔަފާރީގައި އެވެ.
މި ކުއްޖާ ސަލާމަތްވެފައިވަނީ މަސާޖު ކޮށްދިނުމަސް "ކްލަޔަންޓެއް" ގާތަށް ފޮނުވި ވަގުތު ފިލައިގެން ގޮސް، "ސޯޝަލް އެކްޓިވިސްޓެއް" މެދުވެރިކޮށް މައްސަލަ ފުލުހަށް ހުށަހަޅައިގެންނެވެ.
މި ކުއްޖާގެ ގައިގާ ތަޅާ އަނިޔާކޮށް، ދޮން ގަނގަނޑު ޖައްސާ، ނަފްސާނީ އަދި ޖިސްމާނީ އެތައް އަނިޔާއެއް މި ކުއްޖާއަށް ކޮށްފައި ވެ އެވެ.
މި މައްސަލައިގާ 41 އަހަރުގެ މީހަކާއި 54 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު މި ކުއްޖާއަށް އަނިޔާ ކުރި ކަމަށާއި ދޮން ދަގަނޑު ޖެއްސި ކަމަށް އެމީހުން ވަނީ އެއްބަސްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް