ސަމާލު: އެންޑްރޮއިޑް ފޯނުތައް ވިރުވާލާ ވަރުގެ ވައިރަސް އެއް އުފައްދައިފި

އެންޑްރޮއިޑް ފޯނެއް ބޭނުންކުރައްވާނަމަ ސަމާލުވެލައްވާށެވެ. ފޯނު ދޮންބޮޑުކޮށްލާ ފޯނު ވިރުވާލާ ވަރުގެ ވައިރަހެއް ދައުރުވަމުން އަންނަ ކަމުގައި ކެސްޕަރ ސްކައި ލެބުން ބުނެފި އެވެ. ކެސްޕަރ ސްކައި ލެބުން ބުނ...

27 Dec 2017 | 05:36

އެންޑްރޮއިޑް ފޯނެއް ބޭނުންކުރައްވާނަމަ ސަމާލުވެލައްވާށެވެ. ފޯނު ދޮންބޮޑުކޮށްލާ ފޯނު ވިރުވާލާ ވަރުގެ ވައިރަހެއް ދައުރުވަމުން އަންނަ ކަމުގައި ކެސްޕަރ ސްކައި ލެބުން ބުނެފި އެވެ.

ކެސްޕަރ ސްކައި ލެބުން ބުނެފައިވަނީ މިހާ ބާރުގަދަ ވައިރަސް އެއް ފޯނުތަކަށް އަމާޒުކޮށް އަދި އުފައްދާފައި ނުވާކަމަށާއި މި ވައިރަށް ފޯނަށް އެރުމާއެކު އެޑްމިނިސްޓްރޭޓިވް ރައިޓސް ދިނުމަށް އެދި، ބޮލަށް އުނދަގޫވާވަރަށް ޕޮޕަޕްސް ތައް އަންނަން ފަށާނެ ކަމަށާއި އަދި އެކަމުން މިންޖުވާނެ ކަމަށް ހީކޮށް އެ އެކްސެސް ގްރޭންޓް ކޮށްފިނަމަ، ފޯނުގެ ކޮންޓްރޯލް އެ ވައިރަހުގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނު "ޒޮމްބީ" އަކަށް ހަދާލާނެ ކަމަށެވެ.

މި ވައިރަސް އަކީ ޓްރޯޖަން ވައިރަސްއެއް ކަމުގައިވާއިރު މި ވައިރަށް ފޯނަށްވެރިވެ ކްރިޕްޓޯ ކަރަންސީ މައިން ކުރުމާއި، މެމޮރީއަށް އިންތިހާއަށް ބާރުބޮޑުވާފަދަ ޕްރޮސެސްތަކެއް ކުރިއަށްގެންގޮސް ފޯނު ދޮންބޮޑު ކޮށްލައި ފޯނު ވިރުވާލާ ވަރުކޮށްލާކަމަށް ކެސްޕަރސްކައި ލެބުން ބުނެފައި ވެ އެވެ.

އެ ލެބުން އިލްތިމާސް ކޮށްފައިވަނީ ގޫގަލް ޕްލޭ ސްޓޯރު މެދުވެރިކޮށް ނޫނީ އެޕްލިކޭޝަންތައް ޑައުންލޯޑް ނުކުރުމަށެވެ. މި ވައިރަސް ދައުރުވަނީ އެޕްލިކޭޝަންތަކެއް މެދުވެރިކޮށް ކަމުގައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް