ދިރާގުގެ އައު އެމްބެސެޑަރުންގެ ގޮތުގައި ޑީޓިއުން ބޭންޑް

ޒުވާނުންގެ ތެރޭގައި މަގުބޫލު ބޭންޑެއް ކަމަށްވާ ޑީޓިއުން ބޭންޑް، ދިރާގުގެ ބްރޭންޑް އެމްބެސެޑަރުންކަމުގައި މިއަދު ހަމަޖައްސައިފިއެވެ. ޑީޓިއުން ބޭންޑަށް އެމްބެސެޑަރުކަން ހަވާލު ކޮށްދެއްވީ މިއަދު ދިރާގު ހ...

27 Dec 2017 | 04:30

ޒުވާނުންގެ ތެރޭގައި މަގުބޫލު ބޭންޑެއް ކަމަށްވާ ޑީޓިއުން ބޭންޑް، ދިރާގުގެ ބްރޭންޑް އެމްބެސެޑަރުންކަމުގައި މިއަދު ހަމަޖައްސައިފިއެވެ.

ޑީޓިއުން ބޭންޑަށް އެމްބެސެޑަރުކަން ހަވާލު ކޮށްދެއްވީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ، އަލްފާޟިލް އިސްމާއިލް ރަޝީދު އެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން، އިސްމާއިލް ޑީޓިއުން ބޭންޑަށް މަރުހަބާ ދެންނެވިއެވެ. މީގެއިތުރުން، ޑީޓިއުން ބޭންޑް ފަދަ ފަންނާނުންތަކެއް ދިރާގުގެ ބްރޭންޑް އެމްބެސެޑަރުންކަމުގައިވީތީ ވަރަށް އުފާކުރާކަމަށާއި ޑީޓިއުން ބޭންޑަކީ އަރަމުން އަންނަ ފަންނާނުންނަށް މަގު ދައްކައިދޭ ލާމަސީލު މިސާލެއްކަމުގައި ގަބޫލުކުރާކަމަށް ދެންނެވިއެވެ.

ޑީޓިއުން ބޭންޑަކީ އެމީހުންގެ އަމިއްލަ ރާގުތަކަށާއި ތަފާތު ވީޑިއޯތަކަށް ދިވެހި ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދައިފައިވާ ބޭންޑެކެވެ. މީގެ 12  އަހަރު ކުރިން އުފެދުނު މި ބޭންޑަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ މަގުބޫލު އެއް ބޭންޑެވެ.

ދިރާގަކީ އަބަދުވެސް ތަފާތު ފަންނުވެރިންނާއި އާރޓިސްޓުން ޑިޖިޓަލް މުއާސަލާތްތައް މެދުވެރިކޮށް އެމީހުންގެ މަސައްކަތް ކުރިއެރުވޭނެ ގޮތް މަގުފަހި ކުރާ ކުންފުންޏެކެވެ. މިގޮތުން ދިރާގުގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި އައްޔަނުކުރެވޭ ފަރާތްތަކަކީ ޒުވާނުންގެ ތެރޭގައި ހީވަގިކަމާއެކު އެމީހެއްގެދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެކެވެ. މި ހަފްލާގައި ޑީޓިއުން ބޭންޑް ދިރާގުގެ ބްރޭންޑް އެމްބެސެޑަރުން ކަމުގައި ހަމަޖެއްސެވުމުގެ އިތުރުން، ޑީޓިއުން ބޭންޑްގެ ލަވަތަށް އޮންލައިންކޮށް ދިރާގުގެ ޔޮންޑާ މިއުޒިކު އެޕުން ވަރަށް އަވަސް މުސްތަގުބަލެއްގައި ލިބިގެންދާނެ ކަމުގެ އުފާވެރި ހަބަރުވެސް ހިއްސާކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް