މާފަންނުގައި މަރާމާތު ކުރަން ފަށާފައި ހުރި ފިހާރައަކުން ވައްކަން ކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 2014 ޑިސެމްބަރު 27 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މިމީހާ ހައްޔަރުކުރީ މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް، މާފަނުގައި މަރާމާތު ކުރަން ފަށާފައި ހުރި ފާމަސީއެއް ތެރޭގައި ބަޔަކު ތިބި ކަމަށް އާންމު ފަރާތަކުން ދިން މަޢުލޫމާތަކާ ގުޅިގެން އެތަނަށް ވަދެ އެތަން ބަލައި ފާސްކޮށް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މިމީހާއަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް