މީގެ 10 އަހަރު ކުރިން ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ވަގުތީ ހިޔާތަކުގައި ދިރިއުޅުނު މީހުން ގެތަކަށް އަލަށް ބަދަލުވި ބަދަލުކޮށް ނިންމައި ކޮންމެ އާއިލާއަކަށް 25000 ރުފިޔާ ދެއްވުމަށް ސަރުކާރުން ނިންމަވައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވަގުތީ ހިޔާތަކުން ދާއިމީ ގެތަކަށް ބަދަލުވާ ފަރާތްތަކަށް 25000 ރުފިޔާ ދެއްވުމަށް ރައީސް ޔާމީން ނިންމާވާ އެކަން ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާކަމަށެވެ.
ރައީސް ނިންމެވި މި ނިންމެވުމުގެ ދަށުން ތ.މަޑިފުށިން ސުނާމީ ގެތަކަށް ބަދަލުވި ކޮންމެ އާއިލާއަކަށް 5000 ރުފިޔާ މިހާތަނަށް ސަރުކާރުން ދީފައިވާ ކަމަށާއި އަދި ބާކީ 20000 ރުފިޔާ ފަހުން ދެއްވާނެ ކަމަށް ހައުސިން މިނިސްޓްރީގެ އިސްވެރިން ވިދާޅުވެފައިވާ ކަމަށް މަޑިފުށީ ކައުންސިލުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ އެ 25000 ރުފިޔާ އާއިލާތަކަށް ހަވާލުކުރާނެ ގޮތެއް ނިންމާނީ އެކަން ތަންފީޒްކުރާ މިނިސްޓްރީތަކުން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އެ ފަރާތްތަކަށް ގެތައް ހަވާލުކުރެވޭ އިރުގަ އެ ބަދަލުވަނީ އެއްވެސް އާލާތެއް ނެތް ތަނަކަށް. ތަށި ތެލި މިފަދަ ނެތް ތަނަކަށް، ގޭތެރޭގަ އާލާތްތައް ހޯދުމަށް 25000 ރުފިޔާއަކީ އެކަށީގެންވާވަރެއް ކަމަށް ބައްލަވާ ކޮންމެ އާއިލާއަކަށް އެ ފައިސާ ދެއްވަން ނިންމެވީ" ތަރުޖަމާނު ވިދާޅުވި އެވެ.
ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ދާއިމީ ހިޔާވަހިކަން ހޯދައި ދިނުމުގެ ގޮތުން ތ. މަޑިފުށީގައި ހަދަމުން ދިޔަ 41 ގޭގެ މަސައްކަތް މުޅިން ވަނީ ނިންމައިފަ އެވެ. އަދި ގއ. ދާންދޫގައި ހަދަމުން ދިޔަ 87 ގޭގެ ތެރެއިން 86 ގޭގެ މަސައްކަތް ނިމިފައިވާ އިރު ގއ. ނިލަންދޫގައި 50 ގޭ ތެރެއިން 45 ގެ އަދި ގއ. ވިލިނގިލީގައި 77 ގޭގެ ތެރެއިން 59 ގޭގެ މަސައްކަތް ވަނީ ނިންމާފައި އެވެ. ހަމައެއާއެކު ގއ. މާމެންދޫގައި ހަދަމުން ދިޔަ 84 ގޭގެ ތެރެއިން 51 ގޭގެ މަސައްކަތް ވަނީ ނިންމާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް