ފުލުހުންނަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެން މީހަކު އދ. މަހިބަދޫން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޑިސެމްބަރު 24 ވަނަ ދުވަހުގެ ވަގުތެއްގައި އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެދުވަހުގެ 18:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމާއި ބިރު ދެއްކުމާއި ގްރޫޕް ހަދައިގެން ތޫނު ހަތިޔާރުން މާރާމާރީ ހިންގި މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް