މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯންޕޯލް ގެނެސްގެން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯ ނުބޭއްވުމަށް ޖަމިއްޔަތުލް ސަލަފުން ގޮވާލައިފި އެވެ.
އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ޖަމިއްޔާގެ ރައީސްގެ ނަމުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިސްލާމީ ގައުމެއްގެ މުސްތަގުބަލާއި ގުޅިފައިވާ ޒުވާން ޖީލު، އިސްލާމީ ތަރުބިއްޔަތަށް އަހުލުވެރިކޮށް، ދީންވެރިކަމަށް ލަންބުވައިގެން އިސްލާހު ގެނައުމުގެ ބަދަލުގައި އެމީހުން ތިބި ގާފިލް ކަމުގެ މައްޗަށް ކުޅިވަރާއި މިއުޒިކާއި ފާހިޝް ކަންކަމުގައި މަސްތުކޮށްގެން ތަނަވަސްކަމުގެ އަހުލުވެރިން ކުރަމުންދާ ފަސާދަ ހުއްޓާލުމަށް ގޮވާލައްވާ ކަމަށެވެ.
އަދި މިފަދަ މިފަދަ ފަސާދައިގެ ކަންކަމުގައި ބައިވެރިނުވުމަށާއި އެމީހަކަށް ކުޅަދާނަކަން ހުރި މިންވަރަކުން މިކަން ކުރިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް އެންމެހާ އަޙުންނާއި އުޙްތުންނަށް ސަލަފުން ގޮވާލާ ކަމަށާއި މިފަދަ ކަންކަމަށް ކުރާ ހޭދަ އާއި، ވެދެވޭ އެހީތެރިކަމަކީ ފަސާދައިގެ އިންވެސްޓްމަންޓުތަކެއް، އެމީހުންނަށް ގިޔާމަތް ދުވަހުން އެ ހޭދަތަކުގެ ހިތާމަ އުފުލަން ޖެހޭނެކަމަށް ސަލަފުގެ ބަޔާނުގައި ވެއެވެ.
ޝޯންޕޯލްގެ ޝޯއެއް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުބވަމުން އަންނައިރު ޝޯން ޕޯލް ރާއްޖެ އަތުވެއްޖެ ނަމަ މަރާލާނެ ކަމަށް ބުނެ ބަޔަކު ވަނީ ޔޫޓިއުބްގައި ވީޑިއޯއެއް މެދުވެރިކޮށް އިންޒާރު ދީފައެވެ. އަދި މި އިންޒާރުގެ ވާހަކަ ބައިނަލް އަގްވާމީ މީޑިއާގައިވެސް ވަނީ ޖަހާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް