ފީއަލީ ދަރިވަރަކަށް ޖިންސީ ގޯނާކުރި އިންޑިއާ ޓީޗަރު މިނިވަންވުމުން ގައުމަށް ގޮސްފި

ފ.ފީއަލީ ސްކޫލްގެ ދަރިވަރަކަށް ޖިސްމާނީ އަނިޔާކުރި ކަމުގެ ތުހުމަތުގައި މީގެ އަށް މަސްކުރިން ހައްޔަރުކުރި އިންޑިއާގެ ޓީޗަރު މިނިވަންވުމުން އަމިއްލަ ގައުމަށް އެނބުރި ގޮސްފި އެވެ. އިންޑިއާގެ ދަ ހިންދޫ ނޫ...

27 Dec 2014 | 06:07

ފ.ފީއަލީ ސްކޫލްގެ ދަރިވަރަކަށް ޖިސްމާނީ އަނިޔާކުރި ކަމުގެ ތުހުމަތުގައި މީގެ އަށް މަސްކުރިން ހައްޔަރުކުރި އިންޑިއާގެ ޓީޗަރު މިނިވަންވުމުން އަމިއްލަ ގައުމަށް އެނބުރި ގޮސްފި އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުގައި ބުނެފައިވަނީ އުމުރުން 51 އަހަރުގެ ކޭކޭ. ޖަޔަޗަންދުރަން ދޫކޮށްލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެނބުރި ގައުމަށް ގޮސްފައި ވަނީ އިއްޔެ ކަމަށެވެ.

އަދި އެ ޓީޗަރާ ހަވާލާދީ ދަ ހިންދޫގައި އިތުރަށް ބުނެފައިވަނީ އޭނާ ސަލާމަތް ވެފައި ވަނީ އާއިލާ އާއި އެކުވެރިންނާއި މީޑިއާގެ ސަބަބުން ކަމަށެވެ. އަދި މިނިވަންވެ ގައުމަށް އާދެވުމުން "އަލުން އުފަންވުން" ފަދަ އިހްސާސެއް ކުރެވިއްޖެ ކަމަށް ޖަޔަޗަންދުރަން ބުނާ ކަމަށެވެ.

ދިވެހި ސަރުކާރުން ޖަޔަޗަންދުރަން މިނިވަން ކުރަން ނިންމީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖު އެ މައްސަލައިގެ ތެރެއަށް ވެންނެވުމާ ގުޅިގެން ކަމަށް ޖަޔަޗަންދުރަން ނިސްބަތްވާ ކެރެލާ ސްޓޭޓުގައި ހުންނަ ވެރިކަން ކުރާ ބީޖޭޕީގެ ގޮފީގެ ރައީސް ވ. މުރަލިދަރަން ކުރިން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް