އިސްތިއުމާރީ އިޒްރޭލުން ޣައްޒާގެ ޢާންމު ރައްޔިތުން މެރުމުގެ ޙަޤީޤަތް ހާމަކޮށްދޭ "ނާޒާ" ޑޮކިއުމެންޓްރީ، ފަލަޞްޠީނުގެ ދާއިމީ މިޝަންގެ އިންތިޒާމުގެ ދަށުން، އދ. ގެ ޖެނީވާ އޮފީހުގައި ރޭ ދައްކައިފިއެވެ.
ގާޑިއަންއިން ޕްރޮޑިއުސްކުރި މި ފިލްމަށް ވެނިސް ފިލްމް ފެސްޓިވަލްގައި ބެލުންތެރިން 25 މިނެޓުގެ ކޮޅަށް ތެދުވެ ތިބެ އަތްޖެހީ ޚާއްޞަ ޖޫރީ އިނާމު ލިބިގެންނެވެ. އެ ފެސްޓިވަލްގައި އިނާމާ ހަވާލުވާން ސްޓޭޖަށް އެރި ފިލްމުގެ ޑައިރެކްޓަރުން ކަމުގައިވާ އެބްރަހަމް އާއި ޒޯ ވަނީ، އިޒްރޭލުގައި ފިލްމާ ދެކޮޅަށް ހިންގި ބަދުނާމުކުރުމުގެ ކެމްޕެއިނެއްގެ ވާހަކައާއި ފިލްމުގައިވާ ޙަޤީޤަތްތައް ފޮރުވަން ކުރި މަސައްކަތްތަކުގެ ވާހަކަ ހިއްސާކޮށްފައެވެ.
"ނާޒާ" މި ނަމަކީ އިޒްރޭލުގެ އަސްކަރީ ޖާސޫސީ އިދާރާ "އަމާން" އިން ވައިގެ ހަމަލާއެއްގައި މަރުވާނެ ކަމަށް ލަފާކުރެވޭ ޢާންމުންގެ ޢަދަދު ބަޔާންކުރަން ބޭނުންކުރާ ކުރުކުރުމެކެވެ. ތެލް އަވީވުގެ ފުރާޅުތައް މަތީ ސިއްރުން ތިން އަހަރު ދުވަހުގެ މުއްދަތެއްގައި ޝޫޓުކުރި މި ފިލްމުގައި ބައިވެރިވި ފަރާތްތަކުގެ ސޫރައާއި އަޑު ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަނީ ބަދަލުކޮށް، ރައްކާތެރިކަން ކަށަވަރުކޮށްފައެވެ.
ފިލްމުގައި ބައިވެރިވި ފަރާތްތައް ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ބޭނުންކުރާ ޖާސޫސީ ނިޒާމުތަކާއި ދުރު ރާސްތާ ބޮމުގެ ހަމަލާތަކުގެ ތަފްސީލް ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް