ކުވެއިތަށް ހަމަލާ ދިން ކަމުގެ ތުހުމަތު އީރާނުން ދޮގުކޮށްފި

27 Nov 2026 | 09:01
އިރާނުގެ ހަތިޔާރު އުފައްދާ ކާރުހާނާއެއް --

އިރާނުގެ ހަތިޔާރު އުފައްދާ ކާރުހާނާއެއް --

ކުވެއިތުގެ މުހިންމު ތަނަކަށް ޑްރޯން ހަމަލާ ދިން ކަމަށް ކުވެއިތުގެ އަސްކަރިއްޔާއިން ކުރި ތުހުމަތު އީރާނުގެ ސިފައިން ދޮގުކޮށް، އެ ސަރަޙައްދުގައި އެއްވެސް އަސްކަރީ ޢަމަލެއް ހިންގާފައި ނުވާ ކަމަށް ބުނެފިއެވެ.

އީރާނުގެ ފާރސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނު ސިފައިންގެ އިސް ތަރުޖަމާނު އަބުލްފަޟްލް ޝެކަރްޗީ ވަނީ ކުވެއިތުގެ ތުހުމަތުތައް ދޮގުކޮށްފައި އެވެ. ޝެކަރްޗީ ތުހުމަތުކުރި ގޮތުގައި އިސްތިޢުމާރީ އިޒްރޭލާއި އެމެރިކާ ސިފައިންގެ "ޢަދާވާތްތެރި ޢަމަލުތަކުގެ ތާރީޚެއް" އޮންނަ ކަމަށާއި، ދޮގު ހަމަލާތަކާއި ސަރަޙައްދީ ހަމަނުޖެހުން އުފެއްދުމުގައި އެ ދެ ފަރާތް ބައިވެރިވާ ކަމަށެވެ.

Advertisement

މި ހާދިސާގައި ކުވެއިތުގެ މުހިންމު ތަނަކަށް އަމާޒުވި ޑްރޯންތައް ވައްޓައިލި ކަމަށް ކުވެއިތުގެ އަސްކަރިއްޔާއިން ހަމަ އެ ދުވަހު ބުނެފައިވެއެވެ. ވެއްޓުނު ބައިތައް ޖެހިގެން ހަތަރު މީހަކަށް އަނިޔާވި ކަމަށް ފުރަތަމަ ރިޕޯޓުކޮށްފައިވެއެވެ.

އޭގެ ތެރޭގައި ދެ އިޓަލީ ރައްޔިތަކާއި ކުވެއިތު ރައްޔިތަކާއި ޕާކިސްތާނު ރައްޔިތެއް ހިމެނެއެވެ. ފަހުން ކުވެއިތުގެ ދިފާޢީ މިނިސްޓްރީން ވަނީ ދެ އިޓަލީ ރައްޔިތުން ލިބުނު ޒަޚަމްތަކާ ގުޅިގެން މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް