ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާއާ އެކު ނޭޕާލުން ދިވެހި ފިރިހެނަކާ އެގައުމުގެ އަންހެނަކު ހައްޔަރުކޮށްފު

27 Nov 2026 | 06:43
ނެޕާލް ހޮޓަލުން ފެނުނު ފައިސާ ތަކާއި ދެމީހުން --

ނެޕާލް ހޮޓަލުން ފެނުނު ފައިސާ ތަކާއި ދެމީހުން --

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ހުންނަ ސްނޯލައިން ކިޔާ ހޮޓަލުގެ ކޮޓަރިއެއް ފާސްކޮށް، ހޯދި ގޮތް ސާފު ނުވާ ގިނަ ޢަދަދެއްގެ ފައިސާއާ އެކު ދިވެހި ފިރިހެނަކާއި ނޭޕާލު އަންހެނަކު ހައްޔަރުކޮށްފިއެވެ.

ނޭޕާލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލައިންޗޯރު ޕޮލިސް ސާކަލްގެ ޓީމަކުން އިންޓެލިޖެންސް މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް މި އޮޕަރޭޝަން ޙިންގީ މިދިޔަ ބުދަ ދުވަހު ޢެވެ.

Advertisement

މި މައްސަލައިގަ އެ ހޮޓަލުން ހައްޔަރުކުރީ އުމުރުން 41 އަހަރުގެ ޔުގީތު އިބްރާހީމް ނަމަކަށް ކިޔާ ދިވެހި ފިރިހެނަކާއި އުމުރުން 20 އަހަރުގެ ސްނޭހާ ރިމާލް ނަމަކަށް ކިޔާ ނޭޕާލު އަންހެނެކެވެ.

އެ ދެ މީހުން ތިބި ކޮޓަރިން 5.05 މިލިއަން ނޭޕާލީ ރުޕީސް އާއި 4,215 އޮމާނީ ރިޔާލް އަދި 55 ޔޫއޭއީ ދިރުހަމް ހޯދާފައިވެއެވެ. މި ފައިސާގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 696,170 ރުފިޔާއަށް އަރައެވެ.

ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިހުގެ ތަރުޖަމާނު އެސްޕީ ދާން ބަހާދުރު ތާޕާ ވިދާޅުވީ އެ ދެ މީހުން ކައިވެނި ކުރަން އުޅޭ ބައެއް ކަމަށް ފުލުހުން ކައިރީ ބުނި ނަމަވެސް، އެ ވާހަކައަށް ބާރުދޭ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ. އެހާ ގިނަ ފައިސާ ހޯދީ ސައްޙަ ކޮން ގޮތަކުން ކަން ވެސް އެ މީހުންނަށް ބުނެދެވިފައި ނުވާ ކަމަށް ތާޕާ ވިދާޅުވިއެވެ.

ހައްޔަރުކުރި ދެ މީހުން މިހާރު ތިބީ ލައިންޗޯރު ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މަނީ ލޯންޑަރިންގެ ތުހުމަތުގައި އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި މި މައްސަލަ ނޭޕާލުގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިން އިންވެސްޓިގޭޝަނާ ޙަވާލުކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް