ވަރަ އެކްސްޕޯގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ
ވަރަ އެކްސްޕޯ 2016 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ފަސް ޑިޕާޓްމަންޓެއްގެ ސްޓޯލާ އެކު ބައިވެރި ވެއްޖެ އެވެ.7.
ވަޒީފާ ހޯދާ ފަރާތްތަކާއި މަތީ ތަޢުލީމާއި ފަންނީ ތަމްރީނު ދޭ ތަންތަން އެއް ތަނަކުން ގުޅުވައިދިނުމުގެ ބޭނުމުގައި ބާއްވާ މި އެކްސްޕޯގައި އެ ކޯޕަރޭޝަނުން އެންމެ ބޮޑު އިސްކަމެއް ދެނީ ކިޔަވާ ކުދިންނަށް ޚާއްޞަ "އެކުވެހި" ތަޢާރަފްކޮށްދިނުމަށެވެ. މާކެޓިންގ ސްޓޯލް މެދުވެރިކޮށް އެކުވެހި އާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން، ޒިޔާރަތްކުރާ ފަރާތްތަކަށް އެކުވެހި ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައި، އެއާ ގުޅޭ ގޮތުން ޢާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ.
ހިއުމަން ރިސޯސަސް ސްޓޯލުގައި އެޗްޑީސީގައި ހުރި ކެރިއާ ފުރުޞަތުތަކާއި ބޭނުންވާ ހުނަރުތަކާއި ކުރިއެރުމުގެ މަގުތައް ހާމަކޮށްދޭނެއެވެ. ހަމައެއާ އެކު ޒިޔާރަތްކުރާ މީހުންނަށް އިންޓަރެކްޓިވް ވީލް، ޓްރީވިއާ، ކުއިޒް އަދި ލަކީ ޕްރައިޒް ފަދަ ހަރަކާތްތަކުގައި ބައިވެރިވެވޭނެއެވެ. ގްރީނިންގ ޑިޕާޓްމަންޓުގެ ސްޓޯލުން ހުޅުމާލޭގެ ލޭންޑްސްކޭޕިންގެ ފަންނީ ކަންކަމާ ގުޅޭ މަޢުލޫމާތު I'm ދޭއިރު، ސެންޓްރަލް ޕާކުގައި ގަސް އިންދުމާއި ލައިވް ހޯޓިކަލްޗަރ ހަރަކާތްތައް ވެސް ހިންގާނެއެވެ.
ޕްރޮޖެކްޓް އިމްޕްލީމެންޓޭޝަން އެންޑް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ސްޓޯލުން ތާޒާ ފަނުން ތަކެތި ލެންބުމާއި ކެފުމުގެ އުކުޅުތައް ދައްކާލައި، ވިޔެގެން ތަކެތި އުފެއްދުމުގެ ސަގާފީ ހަރަކާތެއް ހިންގާނެއެވެ. މި ހަރަކާތުގެ ތެރެއިން ހަދާ ތަކެތި ޒިޔާރަތްކުރާ ފަރާތްތަކަށް ހަދިޔާއެއްގެ ގޮތުގައި ލިބޭނެއެވެ. އޭގެ އިތުރުން ކާޕެންޓްރީ އެންޑް ވެލްޑިންގ ޓީމުގެ ސްޓޯލުގައި ކުރިން މޯލްޑިވްސް އެކްސްޕޯގައި ބޭނުންކުރި ބޯޓާއި ޑްރެޖަރ ދައްކާލައި، ފަންނީ ހުނަރުތައް ހާމަކޮށްދޭން ވެސް ވަނީ ރާވައިފައެވެ.
މި ތިން ދުވަހުގެ އެކްސްޕޯގައި އެޗްޑީސީގެ ސްޓޯލްތަކުން ހުޅުމާލޭގެ ތަރައްޤީ އާއި ކެރިއާ ފުރުޞަތުތަކާ ގުޅޭ ފުޅާ މަޢުލޫމާތު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫނާތުދެ އެވެ.
ވަރަ ޢެކްސްޕޯ ކުރިޔަށް ދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި މަހުގެ 26 އިން 28 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް