ފުލުހުންގެ ފުރަތަމަ ސްޕީޑް ބޯޓް ޑްރައިވިންގ ކޯހުން 15 މުވައްޒަފުން ދަސްވެނިވެއްޖެ

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން 83 ދުވަހުގެ މުއްދަތަށް ދޫނިދޫގައި ކުރިއަށް ގެންދިޔަ "ސްޕީޑް ބޯޓް ޑްރައިވިންގ ކޯސް -1" ނިންމައި، ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު އިސްކަންދަރު ބިލްޑިންގުގައި ބާއްވައިފިއެވެ.

26 Nov 2026 | 16:09

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ކޮލެޖުގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރެވެ. ރަސްމިއްޔާތުގައި އެ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަޙްމާނާއި، ކޮލެޖާއި މެރިން ޕޮލިހުގެ އިސްވެރިންނާއި ކޯހުގެ މުދައްރިބުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

2026 ވަނަ އަހަރުގެ އޮގަސްޓް ނުވައެއްގައި ފެށި މި ކޯހުގައި ފުލުހުންގެ ޚިދުމަތުގެ 15 މުވައްޒަފުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ފުލުހުންނާއި ތިން ސިވިލް މުވައްޒަފުންނެވެ. ކޯހުން އެއް ވަނަ ހާސިލުކޮށްފައިވަނީ ސާޖަންޓް އަޙްމަދު ޖޫދު ޠާހިރެވެ.

ހަތް މޮޑިއުލެއް ހިމެނޭ މި ކޯހުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، މެރިޓައިމް ނެވިގޭޝަނާއި، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ ޤާނޫނާއި، އުޅަނދުފަހަރުގެ އިންޖީނުތަކަށް ދިމާވާ މައްސަލަ ދެނެގަނެ މަރާމާތުކުރުމާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ސަލާމަތްކުރުމުގެ އުކުޅުތައް ދަސްކޮށްދީފައިވެއެވެ. އޭގެ އިތުރުން ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމާއި، މޫސުމީ އިންޒާރުތަކުގައި ޢަމަލުކުރާނެ ގޮތާއި، ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ ހުރިހާ ބާވަތެއްގެ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބައިވެރިންނަށް ނަގައިދީފައިވެއެވެ.

މި ކޯހުގައި ކިޔަވައިދެއްވީ މެރިޓައިމް ދާއިރާގެ ރާއްޖޭގެ ތަޖުރިބާކާރު ކެޕްޓަނުންނާއި، މެރިން ޕޮލިހުގެ ކެޕްޓަނުންނާއި، ފުލުހުންގެ ޚިދުމަތުގެ އެކި ދާއިރާތަކުގެ ފަންނުވެރި މުދައްރިބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް