ދެ ހާހަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު ޑީއެމްޖީސީ 2026 މިރޭ ފަށަނީ

26 Nov 2026 | 14:58
ފޮޓޯ: ދިރާގު

ފޮޓޯ: ދިރާގު

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) ގެ ނަމުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތް މިރޭ ފަށާނެ އެވެ.

މިއަހަރުގެ މުބާރާތް ބާއްވަނީ 2,000 އަށް ވުރެ ގިނަ ބައިވެރިންނާ އެކުއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އިވެންޓު 28 ނޮވެމްބަރާ ހަމައަށް ދެމިގެންދާނެއެވެ.

Advertisement

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކުރާ މި މުބާރާތަށް ހުރިހާ ފަރާތްތަކަށް ވެސް އެއްވެސް އަގަކާ ނުލައި ވަދެވޭނެއެވެ. މޯބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ އިރު، ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް ބޭންގ ބޭންގ އަދި ރޮކެޓް ލީގް ގެ ފައިނަލް މެޗުތައް ކުޅެވޭނެއެވެ.

އީއޭ ސްޕޯޓްސް އެފްސީ 27 އާއި ޓެކެންގެ މުބާރާތުގައި ބައިވެރިވެވޭނެ ގޮތުގެ ތަފުސީލު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

ގޭމް މުބާރާތްތަކުގެ އިތުރުން ވާޗުއަލް ރިއަލިޓީ، ރޭސިންގ ސިމިއުލޭޓަރު އަދި މަޝްހޫރު ޓޭބަލްޓޮޕް ގޭމެއް ކަމަށް ވާ ޑަންޖަންސް އެންޑް ޑްރެގަންސް (Dungeons & Dragons) ތަޖުރިބާކޮށްލެވޭނެ ސްޓޯލްތައް ވެސް ހުންނާނެއެވެ.

މިދިޔަ އަހަރުގެ ޑީއެމްޖީސީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާ އިރު، މި ފަހަރުގެ މުބާރާތުގައި ޖުމްލަ 150,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް