ލަނޑާ ނަގާ ދޯންޏެއްގައި ހުއްޓައި އިސްމާއިލް ހައްމާދު، 26 އަށް ހަމަލާދީ ޒަހަމްކޮށްލާފައ ވާއިރު، އޭނާއަށް ހަމަލާދޭން ބޭނުން ކުރި ވަޅި ފުލުހުން ހޯދައިފި އެވެ.
ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މެމްބަރުން މިއަދު ކުރި ސުވާލުތަކަށް ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހައްމާދަށް ހަމަލާދިން ވަޅި އެ ސަރަހައްދުގެ 15 ވަރަކަށް މީޓާރު އަޑިން ފުލުހުން ހޯދާފައިވާ ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ އެ މައްސަލާގައި މިހާރު ހައްމާދުގެ ބަހެއްވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ.
ހައްމާދަށް ދިން ހަމަލާތަށް އޭނާ އައިޖީއެމްޗުގައި ފަރުވާ ހޯދަމުން ދާއިރު އޭނާ މިހާރު އޮތީ އައިސީޔޫއިން ނެރި ވޯޑުގައި ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް