ރާއްޖޭގައި މަރުގެ އަދަބު ނުދޭނެކަން ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފައިވާއިރު، އިސްލާމީ ޝަރީއަތުގައި ބަޔާން ކުރެވިފައިވާ ހުކުމްތަމާއި ދެކޮޅަށް ސަރުކާރުގެ ސިޔާސަތުތަކައް ހާމަކުރުން ހަރުކަށިކޮށް ކުށްވެރިކުރައްވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އެމްޕީ އަބުޅޯ) ވިދާޅުވެއްޖެއެވެ.
އެމްޕީ އަބުޅޯ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"މިއީ ބަލައިގަނެވޭނެ ކަމެއް ނޫން، މިކަމަށް ސަރުކާރު ޖަވާބުދރީ ވާންޖެހޭނެ، އަދި ޖަވާބުދާރީ ކުރުވާނަން" އެމްޕީ އަބުޅޯ ވިދާޅުވެފައިވެއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނެފައިވަނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ ގަރާރަށް ރާއްޖެއިން އެއްބަސްވާކަމަށާއި އެ ނިންމުމަށް ވޯޓު ދިނުމަށް ރާއްޖެއިން ނިންމާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް