ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރުމަށް ނިންމައިފި

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ. ފޮރިން މިނިސްޓްރީން މިއަދު ކުރި ިޓްވީޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި މަރުގެ އަދަބު ދިނުން މީގެ 65 އަހަރު ކުރ...

27 Nov 2018 | 11:27

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ިޓްވީޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި މަރުގެ އަދަބު ދިނުން މީގެ 65 އަހަރު ކުރިން ހުއްޓާލާފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށެވެ. އަދި އދ.ގެ އާންމު މަޖިލީހުގައި ވޯޓަށް އަހަން ތައްޔާރުވެފައިވާ، މަރުގެ ހުކުމް މަނާކުރުމުގެ ރިޒޮލިއުޝަނަށް ރާއްޖޭން ވޯޓު ދޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

https://twitter.com/MDVForeign/status/1067352954166886400?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1067352954166886400&ref_url=https%3A%2F%2Fcnm.mv%2Ff%2F%3Fid%3D79101

މީޑިޔާ ތަކަށް އެގިފައިވާ ގޮތުގައި މިއަދު ސްވިޒަލޭންޑްގައި ބޭއްވި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ބައްދަލުވުމުގައި ރާއްޖޭން ވަނީ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ"ގެ ނަން ދީފައިވާ ރިޒޮލިއުޝަނާ އެއްކޮޅަށް ވޯޓް ދީފަ އެވެ.

ރައީސް ޔާމީން ސަރުކާރުގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް މަސައްކަތްތަކެއް ކޮށްފައި ވެއެވެ. މަރުގެ އަދަބު ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ވެސް މާފުށި ޖަލުގައި ގާއިމް ކޮށްފައި ވެއެވެ. އަދި މަރުގެ އަދަބު ދޭނީ ލީތަލް އިންޖެކްޝަން ޖަހައިގެން ކަމަށް ނިންމައި، އެކަމާ ގުޅިގެން ގާނޫނުތަކާ ގަވާއިދު ތަކަށް ބަދަލު ގެނައުމުގެ މަސައްކަތްތައް ވެސް އޭރުގެ ސަރުކާރުން ކުރި އެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރު ނިމިގެން ދިޔައިރުވެސް އެ އަދަބު ތަންފީޒު ކުރެވިފައެއް ނުވެ އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ނިންމާފައި ވާ އިރު ޝަރުއީ ކޯޓުތަކުން މަރުގެ ހުކުމް އިއްވާފައިވާ ތިން ފަރާތެއް މިހާރުވެސް އެބަ ތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީ މަރާލިކަން ހުރިހާ ކޯޓުތަކަކުން ވެސް ސާބިތުވެފައިވާ ހުސެއިން ހުމާމް އާއި، ވަކީލު އަހްމަދު ނަޖީބް ގެ ގާތިލް އަހްމަދުގެ މުއްރަތުގެ އިތުރުން ސ. ހުޅުދޫ، ލިލީމާގޭ އަބްދުﷲ ފަރުހާދުގެ ގާތިލު މުހައްމަދު ނަބީލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް