ބ.އަތޮޅުން ގޯތި ދޫކުރުމަށް ތައްޔާރުވެއްޖެ

ބ.އަތޮޅުގެ 13 ރަށަކުން ގޯތި ދޫކުރުމަށް ނިންމާ އެކަމުގެ ތައްޔާރީތައް ވަމުންދާކަމަށް ބ.އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ. ޕީ.އެސް.އެމް ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ބ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ...

27 Nov 2018 | 10:46

ބ.އަތޮޅުގެ 13 ރަށަކުން ގޯތި ދޫކުރުމަށް ނިންމާ އެކަމުގެ ތައްޔާރީތައް ވަމުންދާކަމަށް ބ.އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ.

ޕީ.އެސް.އެމް ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ބ. އަތޮޅުގެ ރަށު ކައުންސިލްތަކަށް އެއަތޮޅުގެ އަތޮޅު ކައުންސިލުން އަންގާފައިވަނީ މީގެ ކުރިން ކޮންމެ ރަށަކުންވެސް ގޯތި ދޫކުރުމަށް ބޭނުންވެ ނަމަވެސް ގޯތި ދޫނުކުރެވިހުރި ސަބަބުތަކާއި، ގޯތި ދޫކުރުމަށް ކުރެވުނު މަސައްކަތްތައް އެ ކައުންސިލަށް އެންގުމަށެވެ. އަދި އެ ރަށްރަށުގައި ގޯތި ނަގަން ބޭނުންވެފައި ތިބި މީހުންގެ އަދަދު އެގޭނަމަ އެ ތަފްސީލުވެސް ފޯރުކޮށްދިނުމަށް އެދިފައި ވެއެވެ.

އަދި އެ ރަށްރަށުގައި އެންމެ ފަހުން ގޯތި ދޫކުރި އަހަރާއި ގޯތި ދޫކުރުމަށް ރަށުގެ ބިން ބޭނުން ކޮށްފައިވާ ގޮތުގެ މައުލޫމާތާއި، ދެެން އެ ރަށްތަކުން އެންމެ ގިނައިން ގޯތި ދޫ ކުރެވޭނޭ އަދަދު ބަޔާން ކޮށްދިނުމަށްވެސް އެދިފައިވެއެވެ. މި ތަފްސީލުތައް އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ފޯރުކޮށްދިނުމަށް ބ.އަތޮޅު ކައުންސިލް އިދާރާއިން އެދިފައިވެއެވެ.

ބ.އަތޮޅު ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މަޢުލޫމާތުތައް ލިބުނުހާ އެންމެ އަވަހަކަށް، ގޯތި ދޫކުރެވެން ހުރި ރަށްތައް ބަލާ ދިރާސާ ކުރުމަށްފަހު ގޯތި ދޫކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް