ޕެޑާއި ޓެމްޕޮން ފަދަ ތަކެތިން ޓެކްސް އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅައިފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ވަޢުދު ވެވަޑައިގެންފައިވާ ކަންކަމުގެ ތެރޭގައި "މައްސަރު ޓެކްސް" އުވާލުން ހިމެނިފައިވެއެވެ. އެގޮތުން މި ޓެކްސް އުވާލުމަށް ޖީ.އެސް.ޓީ ޤާނޫނަށް މިހާރުވަނީ އިސްލާހެއް ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވަނީ ޓެކްސް ނިޒާމެއް ޤާއިމު ކުރެވިފައިވަނީ ސަރުކާރަށް ލިބޭ އާމްދަނީ އިތުރު ކުރުމަށެވެ. ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ރައްޔިތުންނަށްޓަކާ ގިނަ ތަރައްގީގެ މަޝްރޫތަކެއް ހިންގުމަށެވެ. ނަމަވެސް މިހާރު މި ނިޒާމް ވެގެން ގޮސްފައިވަނީ ރައްޔިތުންނާއި، ސަރުކާރަށް ބޮޑު ތަކުލީފަކަށެވެ.
އަންހެނުން ތާހިރު ވުމަށް ބޭނުން ކުރާ ތަކެތިން ޓެކްސް ނަގަމުންދާއިރު އެކަމަކީ އަންހެނުންގެ ހައްގު ތަކަށް ވަކާލާތު ކުރާ ފަރާތް ތަކުން ވަރަށް ބޮޑަށް ފާހަގަ ކުރާ މައްސަލަ އެކެވެ. މީގެ ކުރިން މި ކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައްޔާއި މީސް މީޑިއާގައި ތަފާތު ކެމްޕެއިން ތަކެއް ވަނީ ހިންގާފައެވެ. މީގެ ތެރެއިން 'ފްރީ ދަ ޕެޑް' ކެމްޕެއިން އަކީ ފާހަގަ ކޮށްލެވޭ ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް