އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ރެޑްވޭވުން ފަށައިފި

އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ޙާއްސަ ޕްރޮމޯޝަނެއް ފަށައިގެން ކުރިޔަށްއެބަދެއެވެ. ރެޑްވޭވުން މައުލޫމާތުދެއްވާގޮތުގައި މިޕްރޮމޯޝަން ކުރިއަށްދާނީ 15 ނޮވެމްބަރު 20...

27 Nov 2018 | 06:54

އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ޙާއްސަ ޕްރޮމޯޝަނެއް ފަށައިގެން ކުރިޔަށްއެބަދެއެވެ.

ރެޑްވޭވުން މައުލޫމާތުދެއްވާގޮތުގައި މިޕްރޮމޯޝަން ކުރިއަށްދާނީ 15 ނޮވެމްބަރު 2018 އިން ފެށިގެން 15 ޖެނުއަރީ 2019 ގެ ނިޔަލަށެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ރެޑްވޭވް ގެ ހުރިހާ ފިހާރައަކުން %70 އާއި ހަމައަށް ޑިސްކައުންޓް ކަނޑައެޅިފައިވާ އައިޓަމްސްތަކަކަނުން ލިބިގެންދާނެއެވެ. އެގޮތުން ފަރުނީޗަރާއި، އިލެކްޓްރޯނިކްސް އަދި ބަދިގެ ސަމާނުން ކަސްޓަމަރުންނަށް  ޑިސްކައުންޓު ލިބިގެންދާ އައިޓަމްސްތަކުގެ ތެރޭގައި ހިމެނެއެވެ.

މިޕްރމޯޝަންގައި ޗައިނާގެ ނަން މަޝްހޫރް ކޮންކާ ގްރޫޕް ކޮމްޕެނީ ލިމިޓެޑްގެ "ކޮންކާ" ބްރޭންޑު ޓީވީ ރެޑްވޭވްއިން ވަނީ ތައާރަފްކޮށްފައެވެ. ދިވެހިންނަށް އައު ނަމެއްކަމުގައިވިޔަސް "ކޮންކާ" އަކީ މަލްޓި މީޑިއާ އިލެކްޓްރޯނިކްސް އުފެއްދުމުގައި 38 އަހަރުގެ ތަޖުރިބާކާރު ކުންފުންޏެކެވެ. އެގޮތުން "ކޮންކާ" ބްރޭންޑަކީ 4ކޭ ކޮލިޓީގެ މަންޒަރު ފެނިގެންދާ ރާއްޖޭގެ ބާޒާރުގައި މިވަގުތު ލިބެން ހުރި އެންމެ އަގުހެޔޮ ޓީވީކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ. އެންޑްރޮއިޑް އޯއެސް އާއި އެކު އަލްޓްރާ ސްލިމް ޑިސްޕްލޭ އަދި ގިނަ ފީޗާސްތަކެއް ހިމެނޭ "ކޮންކާ" ބްރޭންޑު ޓީވީގެ 5 ސައިޒުގެ ޓީވީ ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ކަސްޓަމަރުންނަށް ހެޔޮއަގެއްގައި ލިބިގެންދާނެއެވެ.

ޕްރޮމޯޝަނުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 1500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. ކޫޕަނުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް ހަފްތާގެ އިނާމްގެގޮތުގައި އަގުހުރި އިނާމްތަކެއް ލިބިގެންދާނޭކަމުގައި ރެޑްވޭވް އިން މައުލޫމާތު ދެއްވައެވެ. އަދި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި ތިންފަރާތަކަށް އިނާމް ލިބިގެންދާނީ ނަގުދު ފައިސާއިންނެވެ. އެގޮތުން 1 ވަނައަށް ހޮވޭ ފަރާތަކަށް 50،000ރ، 2 ވަނަ އަށް ހޮވޭފަރާތަކަށް 30،000ރ އަދި ތިންވަނައަށް 20،000ރ ގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަ ޖެހިފައެވެ. އަދި މީގެ އިތުރުންވެސް ސޯޝަލް މީޑިއާގައި ބޮޑެތި އިނާމްތަކެއް ލިބިގެންދާ ޙާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ދާނެއެވެ.

މިޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެމް އެފް އެލްސީ މެދުވެރިކޮށް ވިޔަފާރިކުރައްވާ ފަރާތްތަކަށް ބައިވެރިވެވަޑައި ގަނެވޭނެއެވެ.  ރެޑްވޭވުން މައުލޫމާތު ދެއްވާގޮތުގައި، އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ބާއްވާ މިޕްރޮމޯޝަނަށް ހީނުކުރާފަދަ ތަރުހީބެއް ލިބެމުން އެބަދެއެވެ. އަދި އެ ކުންފުނިން ހާމަކުރާގޮތުގައި މިއީ ގޭތެރެއާއި ބަދިގެއަށް ބޭނުންވާ ގިނަ ސާމާނުތަކެއް އެއްތަނަކުން އެންމެ ހެޔޮއަގެއްގައި ހޯދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމުގައެވެ. ރެޑްވޭވްގެ އަމާޒަކީ ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ޕްރޮމޯޝަންގައި ބައިވެރިވެ ނަސީބު އަގުވަޒަން ކުރެއްވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް