ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އުވާލަން ހުށަހަޅައިފި

ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އުވާލައި ޤާނޫނު އަސާސީ ކުރިން ތަސްދީގު ކުރެއްވި އިރު އޮތްގޮތަށް ބަދަލު ކުރުމަށް އިސްލާހު ހުށަހަޅުއްވައިފިއެވެ. ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގައި ހިމެނިވަ...

27 Nov 2018 | 05:45

ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އުވާލައި ޤާނޫނު އަސާސީ ކުރިން ތަސްދީގު ކުރެއްވި އިރު އޮތްގޮތަށް ބަދަލު ކުރުމަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވަނީ މި އިސްލާހު މަޖިލީހަށް ހުށަހަޅާފައެވެ. އޭނާ ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލުމަށް މަތީ އުމުރެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ކަނޑަ އަޅާފައި ނޯންނާނޭ ކަމަށެވެ. އެހެން ކަމުން، މަތީ އުމުރު އުވާލާ ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ ދަށް އުމުރަކީ 35 އަހަރު ކަމުގައި ކަނޑައެޅުމަށް މި އިސްލާހުގައި ގޮވާލައިފައި ވެއެވެ.

ޤާނޫނު އަސާސީ ތަސްދީގު ކޮށްފައި ވާއިރު ރައީސް ކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރަކީ 65 އަހަރެވެ. މި އިސްލާހު ގެނެވިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި 24 ޖޫން 2015 ގައެވެ.

މިހާރު އަމަލު ކުރަމުން މިދާ ޤާނޫނު އަސާސީ މިގޮތަށް އިސްލާހު ކުރުމަށް މަޖިލީހުގެ 80 މެމްބަރުންގެ ތެރެއިން 78 މެމްބަރުން ވޯޓް ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް