ޓްވިޓާ މެދުވެރިކޮށް ކުޅުންތެރިން އެދުނު ކަންތައް އެންމެ ހަ ދުވަސް މަހްލޫފް ކޮށްދެއްވައިފި

ޤައުމީ ނެޓްބޯޅަ ޓީމުން ޓްވިޓާ މެދުވެރިކޮށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހްލޫފް ކުރެން އެދުނު ކަންތައް އެންމެ ހަ ދުވަސސް ތެރޭގައި ކޮށްދެއްވައިފިއެވެ. އެގޮތ...

27 Nov 2018 | 04:08

ޤައުމީ ނެޓްބޯޅަ ޓީމުން ޓްވިޓާ މެދުވެރިކޮށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހްލޫފް ކުރެން އެދުނު ކަންތައް އެންމެ ހަ ދުވަސސް ތެރޭގައި ކޮށްދެއްވައިފިއެވެ.

އެގޮތުން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2017 އިން ފެށިގެން ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސް ކުރަމުންދިޔަ ކޯޓުގައި އަލިކަމެއް ނެތްކަމަށެވެ. އަދި އެކަން މިދިޔަ އަންގާރަ ދުވަހު އޭނާގެ ސަމާލުކަމަށް ޓްވިޓާ މެދުވެރިކޮށް ގެނެސްފައިވާކަމަށް ބުނެފައިވެއެވެ.

"އެ ލައިޓްތައް މިހާރު ވާނީ މަރާމާތު ކުރެވިފައި، މިކަން އުފަލާއެކު ދަންނަވަން" ފޮޓޯތަކާއެކު މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/AhmedMahloof/status/1067128251686912000

އެކަން މިނިސްޓަރު މަހްލޫފް ހައްލުކޮށްދެއްވާފައިވާއިރު ރައީސް ޞާލިޙްގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ގިނަ ވަޒީރުން ފެންނަނީ ސޯޝަލް މީޑިއާގައި، އާއްމު ރައްޔިތުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ މިނިސްޓަރުންތަކެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް