ވިހެއުމަށްފަހު ދަރި މަރާލަން އުޅުނު ކަމަށް ބުނާ މައްސަލައެއް ބަލަނީ

ގދ. ވާދޫގައި ވިހެއުމަށްފަހު މީހަކު ދަރި މަރާލަން އުޅުނު ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ. މި މައްސަލައިގާ ފުލުހުން ބުނެފައިވަނީ ގދ ވާދޫގައި ނަހަލާލަށް ބަލިވެ އިނދެ ފާޚާނާ ތެރެއަށް ވިހާފައި...

26 Nov 2018 | 19:45

ގދ. ވާދޫގައި ވިހެއުމަށްފަހު މީހަކު ދަރި މަރާލަން އުޅުނު ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

މި މައްސަލައިގާ ފުލުހުން ބުނެފައިވަނީ ގދ ވާދޫގައި ނަހަލާލަށް ބަލިވެ އިނދެ ފާޚާނާ ތެރެއަށް ވިހާފައިވާ މައްސަލަ ހުށަހެޅިފައިވާކަމަށާއި އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.

މި މައްސަލައިގާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ގދ. ވާދޫގައި އަންހެނަކު ކުއްޖެއް ވިހެއުމަށްފަހު އެއްލާލާފައިވާ މައްސަލައެއްގެ ރިޕޯޓް ލިބުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީން ދަނީ އެކަން ބަލަމުން ކަމަށެވެ. އަދި އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާއިލާއާއި، ކަމާ ބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން ކަމުގައިވެސް ބުނެފައިވެއެވެ.

"މި ފުރުސަތުގައި، ކުއްޖާގެ ހުރުމަތަށާއި ކަމުގެ ހައްސާސްކަމަށް ރިއާޔަތްކޮށް، މީޑިއާއާއި މީސްމީޑިއާގައި އެކުއްޖާގެ އެއްވެސް ފޮޓޯއެއް ޝާއިޢު ނުކުރުމަށް އިލްތިމާސް ކުރަމެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން އެ ރަށު ކައުންސިލުން ވާހަކަދެއްކި މީހަކު ބުނެފައިވަނީ އެ ކުއްޖާ ވިހާފައިވަނީ މިރޭ 07:15 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމުން ކައުންސިލުން އެގެއަށް ދިޔައިރު ކުއްޖާ އޮތީ ބާލިދީއެއްގެ ތެރޭގައި ކަމަށެވެ. އަދި އެ ކުއްޖާ މިހާރު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާއިރު ހާލު ރަނގަޅު ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް